ހއ. ދިއްދޫގައި ވެމްކޯގެ ޚިދުމަތްތައް ރަސްމީކޮށް ދޭން ފަށައިފިއެވެ.
އެކަމަށްޓަކައި ދިއްދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެ ޚިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވީ ޓޫރިޒަމް އެންޑް އެންވަޔަރަމަންޓު މިނިސްޓަރު ޠާރިޤު އިބްރާހިމް އެވެ.
އެ ޚިދުމަތް ފައްޓަވައިދެއްވުމަށްފަހު، އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޠާރިޤު ވިދާޅުވީ ވެމްކޯގެ ޚިދުމަތް ދިއްދޫގައި ފެށުމާއެކު އެރަށުގެ ތިމާވެށި ހިމާޔަތް ކުރެވުމާއެކު ރައްޔިތުންގެ ސިއްޙަތުގެ އިތުރުން ލޯކަލް ވިޔަފާރިތަކަށްވެސް އެކަމުން ފައިދާކުރާނެ ކަމެއްކަމަށެވެ.
ދިއްދޫގައި ވެމްކޯގެ ޚިދުމަތް ރަސްމީކޮށް މިއަދު ފަށާފައިވާއިރު، ދާދިފަހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ދިއްދޫއަށް ވަޑައިގެން، އެ ރަށުގައި ވެމްކޯގެ ޚިދުމަތް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް ވަނީ ވައުދުވެވަޑައިގެންފައެވެ.



