މާލޭގައި ޤަވާޢިދާ ޚިލާފަށް ދިރިއުޅެމުންދިޔަ ބިދޭސީންތަކެއް ހައްޔަރުކޮށްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ރާއްޖޭގައި ޤާނޫނާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީން ހޯދުމަށް ކުރިއަށްގެންދާ ޚާއްޞަ އޮޕަރޭޝަންތަކުގެ ދަށުން މި މަހުގެ 20 ވަނަ ދުވަހު ބިދޭސީން ދިރިއުޅޭ އެކަމަޑޭޝަން ބްލޮކަކާއި ކެފޭއެއް ވަނީ ބަލައި ފާސްކޮށްފައެވެ.
މި އޮޕަރޭޝަނުގައި، ޞައްޙަ ވިސާއެއް ނެތި މަސައްކަތްކުރަމުން ދިޔަ ތިން ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންދެވިފައިވާކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
އިމިގްރޭޝަނުން މާލެ ސަރަޙައްދުގައި ކުރިއަށްގެންދާ މި ޚާއްޞަ އޮޕަރޭޝަންތަކުގެ ސަބަބުން މިހާތަނަށް ޤާނޫނާ ޚިލާފަށް އުޅެމުންދިޔަ ގިނަ އަދަދެއްގެ ބިދޭސީން ހައްޔަރުކޮށްފައިވާއިރު، 5،000 އަށްވުރެ ގިނަ މީހުން މިހާތަނަށް ޑިޕޯޓްކުރެވިފައިވާކަމަށްވެސް އިމިގްރޭޝަނުން މައުލޫމާތުދެއެވެ.




