ސިހުރުހާހުރާ އާއި ފަންޑިތާ ހަދާ ކަމުގެ ތުހުމަތުގައި ރ. އުނގޫފާރަށް ނިސްބަތްވާ ދެމީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ މާޅޮސްމަޑޮލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާއަށް އަމާޒުކޮށް ސިހުހާހޫރާ އާއި ފަންޑިތަ ހަދާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ރ. އުނގޫފާރަށް ނިސްބަތްވާ މުހައްމަދު އަމްޖަދު (61 އ) އަދި މުހައްމަދު ވަހީދު (67 އ) ކަމަށެވެ. މި ދެމީހުންވެސް ހައްޔަރުކޮށްފައިވަނީ ފެބްރުއަރީ 21 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ.
މި ދެމީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޔެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުޤީގު ކުރަމުންނެވެ.




