ފުލުހުންގެ ޑްރަގްސް އެންޑް ސަބްސްޓެންސް އެބިއުސް ކޮންޓްރޯލް ޑިޕާޓްމެންޓުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުޤީގަށް މީހަކު ހޯދަމުންދާ ކަމަށް އެ ހިދުމަތުން ބުނެފިއެވެ.
ފުލުހުން ބުނީ މި މައްސަލަ އާއި ގުޅިގެން ހޯދަމުންދަނީ ސ. ހިތަދޫ ކުދެހިމާގެ، މުހައްމަދު ޝަރީފު (50އ) ކަމަށެވެ. އަދި އޭނާ އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން، ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނު ކުރާ ކަމަށެވެ.
އަދި އަންނަ މާޗު މަހުގެ 4 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތަހުގީގަށް ހާޒިރު ވުމަށް ފުލުހުން ވަނީ މުހައްމަދު ޝަރީފަށް އަންގާ އިއުލާނުކޮށްފައެވެ.



