ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދ. މީދޫއަށް ވަޑައިގަތުމުން އެމަނިކުފާނަށް އެރަށުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
ރައީސްގެ މި ދަތުރުފުޅަކީ، ރައްޔިތުންގެ ހާލު ގާތުން ބެއްލެވުމުގެ ގޮތުން ދ. އަތޮޅަށް އިއްޔެ ހަވީރު ފެއްޓެވި ދަތުރުފުޅެކެވެ.
އެމަނިކުފާނު ވައުދުވެވަޑައިގެންފައިވަނީ، ދައުރު ނިމުމުގެ ކުރިން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކޮށް، ރައްޔިތުންގެ ހާލު ވީހާވެސް ގާތުން ބެއްލެވުމަށެވެ.
މި ދަތުރުފުޅުގައި ރައީސް މުޢިއްޒުގެ އަރިހުގައި ބައެއް ވަޒީރުންނާއި، ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ވެރިން ބައިވެރިވެ ވަޑައިގަންނަވައެވެ.
ދ. އަތޮޅުގެ ހުރިހާ ރަށަކަށް ކުރައްވާ މި ދަތުރުފުޅު ނިންމަވާލައްވައި، އެމަނިކުފާނު މާލެ ވަޑައިގަަތުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހުއެވެ.




