އެމްޑަބްލިޔުއެސްސީގެ މުވައްޒަފުންގެ ފަރާތުން މޯލްޑިވްސް ބްލަޑް ސާވިސްއާ ގުޅިގެން، ލޭ ހަދިޔާ ކުރުމުގެ ހަރަކާތެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ.
ފެން ކުންފުނީގެ ކަސްޓަމަރ ސާވިސް އިމާރާތުގައި ކުރިއަށް ގެންދިޔަ މި ހަރަކާތް ފައްޓަވައިދެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އަބްދުލްމަތީން މުޙައްމަދުއާއި ޗެއާޕަރސަން ޝަމްހޫޒާ އަހުމަދު އެވެ.
އެ ހަރަކާތުގައި އެމްޑަބްލިޔުއެސްސީގެ ގިނަ މުވައްޒަފުންގެ އިތުރުން ސީނިއަރ މެނޭޖްމަންޓާއި މާލެސިޓީ ކައުންސިލުގެ މޭޔަރު އާދަމް އާޒިމްއާއި އެ ކައުންސިލުގެ ބައެއް މުވައްޒަފުންވެސް ބައިވެރިވެފައިވެއެވެ.
އެމްޑަބްލިޔުއެސްސީން ބުނިގޮތުގައި ލޭ ހަދިޔާ ކުރުމުގެ މި ހަރަކާތަކީ ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ ޤައުމީ ލޭ ހަދިޔާ ކުރުމުގެ ކެމްޕެއިނުގެ ދަށުން ހިންގުނު ހަރަކާތެކެވެ.
މި ހަރަކާތުގެ އެންމެ މުހިންމު މަޤުސަދަކީ މޯލްޑިވިއަން ބްލަޑް ސާވިސަށް، ރޯދަމަހާ ދިމާކޮށް ލޭ ލިބުމުގައި ކުރިމަތިވެފައިވާ ދަތިކަމަށް އެހީތެރިކަން ފޯރުވައި، ބޭނުނަވާ ލޭގެ އެހީތެރިކަން އެކުންފުނީގެ ފަރާތުން ފޯރުކޮށްދިނުން ކަމުގައި އެމްޑަބްލިޔުއެސްސީން ބުނެފައިވެއެވެ.




