ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދ. މީދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލު ކުރައްވައި، އެ ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.
މި ބައަދަލުވުން ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހަވީރު މީދޫ ކައުންސިލު އިދާރާގައެވެ.
މީދޫއަށް ބޭނުންވާ ގިނަ ކަންތައްތަކަކާ ގުޅޭގޮތުން މިބައްދަލު ކުރެއްވުމުގައި އެ ރަށު ކައުންސިލުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
އެގޮތުން މައިގަނޑު ކަންތައްތަކެއްގެ ގޮތުގައި ހިއްސާ ކޮށްފައިވަނީ ބޯހިޔާވަހިކަމުގެ މައްސަލައަށާއި ކުނީގެ މައްސަލައަށް ޙައްލެއް ހޯދައިދެއްވުމަށާއި، ބަނދަރު ތޮށްޖެހިފައިވާ މައްސަލައަށް ހައްލެއް ބޭނުންވާކަމަށާއި، ބިން ހިއްކުމުގެ ސަބަބުން މޫދަށް އެރޭނެ އެކަށީގެންވާ ސަރަހައްދެއް ނެތުމުން ހުރި ކަންބޮޑުވުންތަކެވެ.
މީގެއިތުރުން ރަށުގެ ޞިއްޙީ މަރުކަޒު، ލެވެލް ހަތަރަކަށް މަތިކޮށްދެއްވުމަށްވެސް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. މީގެއިތުރުން ޒުވާނުންނަށް ބޭނުންވާކަންކަންވެސް ތަފްޞީލީ ގޮތެއްގައި ކައުންސިލުން ރައީސް މުޢިއްޒުއާ ހިއްސާކުރެއްވިއެވެ.




