ސުޕްރީމު ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ދެ ފަނޑިޔާރުން މަދުކޮށް، ފަސް ފަނޑިޔާރުންނަށް ހެދުމަށް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ބިލަކީ ޤާނޫނު އަސާސީއާ ޚިލާފު ބިލެއް ނޫން ކަމުގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.
ފަނޑިޔާރުންގެ ބެންޗު ކުޑަ ކުރުމުގެ ބިލު މަޖިލިހަށް ހުށަހަޅުއްވާފައިވަނީ ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު މުހައްމަދު (ސަޓޯ) އެވެ. ނަމަވެސް އޭނާ މި ބިލު ހުށަހެޅުއްވީ އަމިއްލަ ހައިސިއްޔަތުންނެވެ.
އެ ބިލަކީ ޤާނޫނުއަސާސީއާ ޚިލާފު ބިލެއް ކަމަށް ރާއްޖޭގެ ފުންނާބު އުސް ގިނަ ގާނޫނީ ވަކީލުން ގެންދަވަނީ ވިދާޅުވަމުންނެވެ.
ބިލުގެ ބަހުސްގައި އެ ބިލާ ދެކޮޅަށް ވާހަކަ ދައްކަވަމުން ތޮއްޑޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސެއިން ސަމީރު ވިދާޅުވީ ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅިފައިވާ ބިލަކީ ގާނޫނު އަސާސީއާ ހިލާފަށް ހުށަހަޅާފައިވާ ބިލެއް ކަމަށެވެ.
ސަމީރުގެ ވާހަކަ ހުއްޓުވައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އެ ބިލު މަޖިލީހަށް ބަލައިގަނެފައިވަނީ މަޖިލީހުގެ ލީގަލް ޓީމުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު ކަމަށެވެ.




