ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓުގެ އެޕާޓްމަންޓަކަށް ވަދެ، ވަޅިން ބިރުދައްކައި މާރާމާރީ ހިންގަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓުގެ އެޕާޓްމަންޓަކަށް މީހަކު ވަދެ، ވަޅިން ބިރުދައްކައި މާރާމާރީ ހިންގަން އުޅުނުކަމުގެ ރިޕޯޓު މިމަހުގެ 24 ވަނަ ދުވަހުގެ ރޭ 10:54 ލިބިފައިވާ ކަމަށެވެ.
މި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވަނީ ސ. މަރަދޫ ފިޔާތޮށިގޭ / މުޙައްމަދު ލުބާން ޤައްހާރް (26އ.) އެވެ.
މި މައްސަލައާ ގުޅިގެން އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތަކަށް ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.




