ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިއަހަރުގެ ރަމަޟާން މަހަށް ވެސް ހަދިޔާކުރާ މަސްދަޅު ކޭސް ބަހާ ތާރީހާއި ގަޑިތަކަށް ބަދަލު ގެނެސްފިއެވެ.
މިކަމާ ގުޅޭގޮތުން އެސްޓީއޯ އިން ބުނީ މިރޭ މަސްދަޅުކޭސް ބެހުމަށް ހަމަޖެހިފައިވަނީ 9:30 އިން 11:30 އަށް ކަމަށެވެ.
މާދަމާ ރޭ ރޯދަ ހަދިޔާ (މަސްދަޅު ކޭސް) ބެހުން ނޯންނާނެ ކަމަށާއި 2 މާރިޗު 2025 ވަނަ ދުވަހުގެ ރޭ ވެސް މަސްދަޅު ކޭސް ބަހާނީ 9:30 އިން 11:30 ގައި ކަމަށް ވެސް އެސްޓީއޯ އިން ބުންޏެވެ.
ރައްޔިތުންނަށް ފަސޭހައިން ރޯދަ ހަދިޔާ ލިބޭނެ ގޮތް ހަމަޖެއްސުމުގެ ގޮތުން ސަރުކާރުން ވަނީ، މަސްދަޅުކޭސް ބަހާ ވަގުތު ހަމައެކަނި ރޭގަނޑަށް ބަދަލު ކޮށްފައެވެ.
މީގެ އިތުރުން ދިގު ކިޔުއެއްގައި ރައްޔިތުން ނުބޭތިއްބުމަށް، ޓޯކަން ނަންބަރު ދޫކުރުމަށްޓަކައި ”ރޯދަ ހަދިޔާ“ ގެ ނަމުގައި ވަނީ ޕޯޓަލެއް ވެސް ތައާރަފު ކޮށްފައެވެ.




