ކުރިޔަށް އޮތް ދެތިން ދުވަހު ރާއްޖޭގެ ބޮޑު ވާރޭވެހި މުސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާތީ، ރައްޔިތުންނަށް އޭގެ ސަބަބުން ދިމާވެދާނެ ތަކުލީފުތާއި ދަތިތަކަށް ހައްލު ހޯދައިދިނުމުގެ މަސައްކަތް ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން ފަށާފައިވާ ކަމަށް ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ދެތިން ދުވަހަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވާރޭވެހި މޫސުން ގޯސްވާނެ ކަމަށް މޫސުމާބެހޭ އިދާރާއިން ހާމަކޮށްފައިވުމާކު، ރައްޔިތުންނަށް ދިމާވެދާނެ ތަކްލީފުތައް ކުޑަކުރުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން މިހާރުވެސްވަނީ މަސައްކަތް ފަށާފައި.
އަދި މޫސުން…
— Heena Waleed (@MvSpokesperson) February 28, 2025
ހީނާ މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އިތުރަށް ވިދާޅުވީ މޫސުން ގޯސް ވުމުގެ ސަބަބުން މުލަ ރޯދަ ދުވަހަށް ތައްޔާރު ވުމުގައި ވީހާވެސް ފަސޭހަގޮތަކަށް ރައްޔިތުންނަށް ކަންކަން އިންތިޒާމު ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން ދާނެ ކަމަށެވެ.
މެޓް އޮފީހުން ބުނެފައިވާ ގޮތުގައި، އަންނަ ހޯމަ ދުވަހާ ހަމައަށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަކުރާނެއެވެ. ވަކިން ހާއްސަކޮށް މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހި ވައިވެސް ގަދަވާނެ މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.



