އިއްޔެއިން ފެށިގެން މާލެއަށް ކުރި ވިއްސާރައިގެ ސަބަބުން މާލޭގެ މަގުތަކުގެ ފެންބޮޑުވުމާއި ގުޅިގެން، ދިވެހި ސިފައިން ނިކުމެ މާލޭގެ މަގުތަކުން 16،911 ޓަނުގެ ފެން ހިންދައިފިއެވެ.
އެމްއެންޑީއެފް އިން ބުނީ އިއްޔެއިން ފެށިގެން ކުރިޔަށް ގެންދިޔަ އޮޕަރޭޝަނުގައި މާލޭގެ 8 ސަރަހައްދެއްގައި 19 ޕަންޕު ބަހަައްޓައިގެން 16،911 ޓަނުގެ ފެން ހިންދާފައިވާ ކަމަށެވެ.
މީގެ އިތުރުން، ފެންބޮޑުވެ މާލޭގެ ގެތަކަށް ފެން ވަދެފައިވާތީ، ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ވެސް އެމްއެންޑީފުން ވަނީ ކޮށްދީފައެވެ.
އިއްޔެއިން ފެށިގެން ކުރި ވިއްސާރާގައި މާލޭގެ އިތުރުން އަތޮޅު ތެރޭގެ ބައެއް ރަށްތަކުގެ މަގުތަކުގައިވެސް ފެންބޮޑުވުމާއި ގުޅިގެން އެމްއެންޑީއެފުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން، ކ.ހުރާ، ކ.ގުރައިދޫ، ކ.ހިންމަފުށި، ކ.ތުލުސްދޫ ކ.މާފުށި، އދ.މާމިގިލި، ދ.މީދޫ، ފ.ނިލަންދޫ އަދި ލ.އިސްދޫގެ މަގުތަކުގައި ފެން ފެންބޮޑުވުމުން، ފެން ހިންދުމާއި، ވެލި ބަސްތާ ޖެހުމުގައި އެމްއެންޑީއެފް އޭރިއާ ކޮމާންޑްތަކުގެ ސިފައިން ހަރަކާތްތެރިވެފައިވާނެ ކަމަށް އެމްއެންޑީއެފުން ބުންޔެވެ.
އަދި ރާއްޖޭގެ އެހެނިހެން ސަރަހައްދުތަކަށް ބަލާއިރު، އިއްޔެއިން ފެށިގެން ކުރި ވިއްސާރައިގައި، ކ.ހުރާ، ކ.ގުރައިދޫ، ކ.ހިންމަފުށި، ކ.ތުލުސްދޫ ކ.މާފުށި، އދ.މާމިގިލި، ދ.މީދޫ، ފ.ނިލަންދޫ އަދި ލ.އިސްދޫގެ މަގުތަކުގައި ފެން ފެންބޮޑުވުމުން، ފެން ހިންދުމާއި، ވެލި ބަސްތާ ޖެހުމުގައި އެމްއެންޑީއެފް އޭރިއާ ކޮމާންޑްތަކުގެ ސިފައިން ވަނީ ހަރަކާތްތެރިވެފައެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ގަދަ ވިއްސާރައިގެ ސަބަބުން، މާލެ ސަރަހައްދު ހިމެނޭހެން މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) އިން ވަނީ އޮރެންޖު އެލާޓު ވެސް ނެރެފައެވެ.
ވިއްސާރައިގައި ރައްޔިތުންނަށް ދިމާވެދާނެ ދަތިތަށް ކުޑަކުރުމަށްޓަކައި ރައީސް ޑރ. މުއިއްޒު ވަނީ މިއަދަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅުއްވާފައެވެ.



