މެލޭޝިޔާގައި ގެއްލުނު ދިވެއްސަކު ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ގެއްލިގެން ހޯދަމުންދާ ފަރާތަކީ އަހުމަދު އުސެއިދު އިބްރާހިމް އަފީފްއެވެ.
އުސެއިދު ގެއްލުނު ކަމަށް ބުނެ އޭނާގެ އާއިލާއިން އިއްޔެ ސޯޝަލް މީޑިއާގައި ޕޯސްޓެއް ކޮށްފައިވާއިރު، ފޮރިން މިނިސްޓްރީން ވެސް ވަނީ، މެލޭޝިޔާގައި ދިވެއްސަކު ގެއްލިފައިވާ ކަމުގެ މަޢުލޫމާތު މިނިސްޓްރީއަށް ލިބިފައިވާކަން ކަށަވަރުކޮށްދީފައެވެ.
ފޮރިން މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މެލޭޝިޔާގައި ހުންނަ ދިވެހި ހައިކޮމިޝަނުން އެ ޤައުމުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން ގެއްލުނު ފަރާތް ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް ގެންދަމުންނެވެ.



