ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިޢުލާނުކޮށްފިއެވެ. އެ ބޭންކުގެ މޮބައިލް އެޕްލިކޭޝަނާއި ޒަކާތު ޕޯޓަލް ބޭނުންކޮށްގެން ފިތުރު ޒަކާތް ދެއްކުމުގެ އިންތިޒާމު ހަމަޖައްސައިފިއެވެ.
ބީއެމްއެލްއިން ހާމަކޮށްފައިވާ ގޮތުގައި މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ޒަކާތް ދައްކަން ބޭނުންވާ ފަރާތްތަކަށް، އެޕްގެ ”މޯރ“ ޓެބުގައި ޒަކާތް ދެއްކުމަށް ޚާއްޞަކޮށްފައިވާ ލިންކެއް ފެންނަން ހުންނާނެއެވެ. މީގެ އިތުރުން، ޒަކާތު ޕޯޓަލް މެދުވެރިކޮށް ވެސް ފިތުރު ޒަކާތް ދެއްކުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށް އެ ބޭންކުން ބުނެފައިވެއެވެ.
މީގެއިތުރުން، މި ޚިދުމަތް ލިބެން ހުންނާނީ ރަމަޟާން މަހުގެ 26 ވަނަ ދުވަހުގެ ހަވީރު 6:00 އާ ހަމައަށް ކަމަށް ވެސް ބީއެމްއެލްއިން ބުނެފައިވެއެވެ. މި މުއްދަތުގެ ތެރޭގައި ބޭނުންވާ ފަރާތްތަކަށް ބީއެމްއެލްގެ މޮބައިލް އެޕާއި ޒަކާތު ޕޯޓަލް މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކިދާނެއެވެ.




1 Comment
ޚޮބަ