ކުރިއަށްއޮތް ދުވަސްތަކުގައި މާލެ ސަރަހައްދުން ކަރަންޓު ބޭނުން ކުރާ މިންވަރު އިތުރުވާނެ ކަމަށް ލަފާ ކުރެވޭ ކަމުގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފިއެވެ.
ސްޓެލްކޯއިން މިއަދު ”އެކްސް“ މެދުވެރިކޮށް ކުރި ޕޯސްޓެއްގައި ބުނީ މޫސުން ރަނގަޅުވުމާއެކު މި ރޯދަމަހު ފުރަތަމަ ފަހަރަށް މިވަނީ މާލެއާއި، ހުޅުމާލޭގައި ކަރަންޓު ބޭނުން ކުރި މިންވަރު 92 މެގަވޮޓް ފަހަނާޅާފައި ކަމަށެވެ.
އެހެންކަމުން ކުރިއަށްއޮތް ދުވަސްތަކުގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމުގައި ސްޓެލްކޯ އިން ބުނެފައިވެއެވެ.
”އެހެން ކަމުން ކަރަންޓު އިގްތިސާދު ކުރުމަށް ހާއްސަ ސަމާލުކަމެއްދިނުމަށް އިލްތިމާސްކުރަން.“ ސްޓެލްކޯ އިން ބުނެފައިވެއެވެ.
ފާއިތުވީ ދުވަސްތަކުގައި މާލެ ސަރަހައްދަށް ވިއްސާރަކުރުމުން، ކަރަންޓު ބޭނުންކޮށްފައިވާ އަދަދު މަދުކަން ސްޓެލްކޯއިން މީގެ ކުރިން ވަނީ ފާހަގަ ކޮށްފައެވެ.




