ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ބައޯމެޓްރިކްސް އަޕްޑޭޓްކުރުމަށް އިތުރު މަރުކަޒުތަކެއް ހަމަޖައްސައިފިއެވެ.
ދާޚިލީ ސަލާމަތާއި ފަންނިޔަޔާއި ބެހޭ ވުޒާރާއިން އާންމުކުރި އިޢުލާނެއްގައި ވިދާޅުވެފައި ވަނީ، އެންސީއައިޓީގައި ޤާއިމްކޮށްފައިވާ ޖޮއިންޓް އޮޕަރޭޝަން ސެންޓަރާއި ނޯތު ހާބަރު ސަރަހައްދުގައި ޤާއިމްކޮށްފައިވާ ޑެސްކްގެ އިތުރުން ކަލާފާނު ސްކޫލް ހޯލްގައި ބައޯމެޓްރިކްސް ނެގުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ.
މި ޚިދުމަތް 2025 މާރޗް 9 ވަނަ ދުވަހުން ފެށިގެން ޝައްވާލު މަހުގެ 7 ވަނަ ދުވަހާ ހަމައަށް، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:30 އިން 16:00 އަށް އަދި ރޭގަނޑު 21:30 އިން 23:30 އަށް ލިބެން ހުންނާނެ ކަމަށް އެވުޒާރާއިން ބުނެފައިވެއެވެ.
މީގެއިތުރުން، ވަޒީފާދޭ ފަރާތްތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން 2025 މާރޗް 6 ވަނަ ދުވަހުން ފެށިގެން ޝައްވާލު މަހުގެ 7 ވަނަ ދުވަހާ ހަމައަށް، ހުޅުމާލެ ފޭސް 1 ގެ ރެހެންދި ސްކޫލް ހޯލްގައިވެސް މި ޚިދުމަތް ރޭގަނޑު 21:30 އިން 00:30 އަށް ލިބެން ހުންނާނެ ކަަަމަށް ވެސް އެވުޒާރާއިން މައުލޫމާތުދެއެވެ.
އެވުޒާރާއިން ވަނީ މިއާއި ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7690228 ނަންބަރަށް ގުޅުއްވުމަށް ނުވަތަ operation.kurangi@mohst.gov.mv އަށް އީމެއިލް ކުރެއްވުމަށް އެދިފައެވެ.
ބިދޭސީ މުވައްޒަފުންގެ މައުލޫމާތު އަޕްޑޭޓްކޮށް، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ރެކޯޑުތައް ހަރުދަނާކުރުމަށް ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، ދާޚިލީ ވުޒާރާއިން ވަނީ މިއަހަރުގެ އޭޕްރިލް މަހުގެ 20 ވަނަ ދުވަހުގެ ކުރިން ބަޔޯނެޓްރިކްސް ނުދޭ ބިދޭސީން ޑީޕޯޓުކޮށްލަން ނިންމާ އެކަން އިއުލާން ކޮށްފައެވެ.


