ހުޅުމާލޭ އަޒީޒާ މިސްކިތައް ދިމާވި ކަރަންޓުގެ މައްސަލައަަށް ހައްލު ހޯދައިދެއްވުމަށް ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރު ހުސެއިން ފަހުމީ އިސްނަންގަވައިގެން މަސައްކަތް ކުރައްވައިފިއެވެ.
ހުޅުމާލެ ސިޓީ ކައުންސިލަރު އަލީ އައިމަން މިރޭ މީސް މީޑިއާގައި ކުރި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އަޒީޒާ މިސްކިތުގައި ދިމާވެފައިވާ ކަރަންޓުގެ މައްސަލައާ ގުޅިގެން މިސްކިތުގެ އޭސީތައް ވަނީ ވަގުތީގޮތުން ބޭނުންކުރުން ހުއްޓިފައި ކަމަށެވެ.
”މިކަމާއި ގުޅިގެން ސްެޓެލްކޯއަށް ގުޅުމަށްފަހު މިސްކިތަށް ދިޔައިރު ފެނުނީ ތަފާތު މަންޒަރެއް. މަސައްކަތް ރާވާ ހިންގަން ހުންނެވީ ސްޓެލްކޯ އެމްޑީ ހުސެއިން ފަހުމީ އެމްޑީގެ ބުރަ ޝެޑިއުލްތެރެއިން ވެސް ވަގުތު ދެއްވިކަމައްޓަކާ ވަރަށްބޮޑަށް ޝުކުރުއަދާކުރަން.“ އައިމަން ވިދާޅުވެފައިވެއެވެ.
އައިމަން ހިއްސާ ކޮށްފައިވާ ފޮޓޯތަކުން، ސްޓެލްކޯގެ އެމްޑީ ފަހުމީ އެ މިސްކިތުގެ ކަރަންޓު ބޯޑު ބައްލަވާ މަންޒަރާއި ދިމާވި މައްސަލައަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާ މަންޒަރު ފެނެއެވެ.
ފަހުމީގެ ޚާއްސަ ބެއްލެވުމުގެ ދަށުން ސްޓެލްކޯއިން ގެންދަނީ، ކަރަންޓުގެ ޚިދުމަތާ ގުޅިގެން ރައްޔިތުންނަށް ދިމާވާ މިފަދަ މައްސަލަތަކަށް އަވަސް ހައްލެއް ހޯދައިދެމުންނެވެ.



