ރާއްޖޭގެ މަޝްހޫރު މޮޑެލް އަދި ސޯޝަލް މީޑިއާ އިންފްލުއެންސަރ ކައިޒީންގެ މަންމަ، ފަތަނގުމާގެ ޅ. ނައިފަރު / ޒާހިދާ މުޙައްމަދު (48އ.) ނިޔާވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ކައިޒީން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އޭނާގެ މަންމަ ނިޔާވީ 5 މާރިޗް 2025 ވީ ބުދަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި ކަމަށެވެ.
ކައިޒީން ވަނީ އޭނާގެ މަންމަ ބަލި އެނދުގައި އޮތްއިރު، މަންމަގެ އަތުގައި ހިފަހައްޓައިގެން ހުރި ފޮޓޯއެއް ވެސް ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައެވެ.
ޒާހިދާގެ މައްޗަށް ކުރެވޭ ކަށުނަމާދު މިއަދު ހެނދުނު 11:00 ގައި އިންޑިއާގެ ކޮޗިންގެ ތޮއްޓަތުޕާޑީ މުސްލިމް ޖުމާ މިސްކިތުގައި އޮންނާނެއެވެ. އަދި ޣައިބަށް ކުރެވޭ ކަށުނަމާދު މާދަމާގެ ހުކުރު ނަމާދަށްފަހު މާލޭގެ ސަލްމާން މިސްކިތުގައި އޮންނާނެ ކަމަށް ވެސް ކައިޒީން ބުނެފައިވެއެވެ.
ކައިޒީން އެދިފައިވަނީ ވީހާވެސް ގިނަ ހެޔޮއެދޭ ފަރާތްތަކުން އޭނާގެ މަންމަގެ މައްޗަށް ކުރެވޭ ކަށުނަމާދުގައި ބައިވެރިވުމަށެވެ.
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ،
މާތް ﷲ މައްޔިތާގެ ފުރާނަ މަތިވެރިވެގެންވާ ޖަންނަތުލް ފިރުދައުސްގައި ލައްވާށިއެވެ! އަދި އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށިއެވެ! آمیـــــــــــــن یارب العالمين




