މާލޭގެ ގެއެއްގެ ތެރެއިން ޤަވާއިދާ ޚިލާފަށް ދިރިއުޅެމުންދިޔަ 32 ބިދޭސީއަކު އަތުލައިގެންފިއެވެ.
ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅެމުން ދިޔަ އެތަނަކީ ގިނަބަޔަކަށް ކައްކަމުން ދިޔަ ތަނެކެވެ. މި ރެއިޑް ހިންގާފައި ވަނީ މި މަހުގެ5 ވަނަ ދުވަހުއެވެ.
އިމިގްރޭޝަން ވޮޗަށް ލިބުނު ރިޕޯޓަކާއި ގުޅިގެންބަލައި ފާސްކުރިއިރު ޑެގު އަޅައިގެން ހަދާފައިވާ 4 ފަންގިފިލާގެ އެ އިމާރާތުގައި 76 ބިދޭސީން ދިރިއުޅެމުން ދިޔަކަމަށް އިމިގްރޭޝަނުން މައުލޫމާތު ދީފައި ވެއެވެ.
އެ ރިޕޯޓްގައި ވަނީ މއ. ހިތިލާގެ 2އަކުން އާންމުގޮތެއްގައި ގަނޑުކުރި މަހާއި ތަރުކާރީއާއި އެހެނިހެން ކާނާގެ ބާވަތްތައް ސަޕްލައި ކުރާ ކަމަށާއި ގިނަ އަދަދެއްގެ ގޭސް ސިލިންޑަރުވެސް އެ އިމާރާތަށް ގެންދާ ކަމަށެވެ.
މީގެ އިތުރުން މެންދުރު ކާގަޑިއަށް ގިނަ އަދަދެއްގެ ބަތް ޕާރުސަލް ޑެލިވަރީ ކުރަން އެ އިމާރާތުން މީހުން ނިކުންނަ މަންޒަރާއި ޑެލިވަރީ ކުރަން ބޭނުންކުރާ ސައިކަލުތައް އެތަނުގައި ހުންނަ ކަމަށް އެ ރިޕޯޓުގައި ބުނެފައި ވެއެވެ.
އިމިގްރޭޝަނުން ބުނީ އެ އިމާރާތުގައި ދިރިއުޅެމުންދިޔަ 76 ބިދޭސީންގެ ތެރެއިން ސައްހަ ވިސާނެތި އުޅެމުންދިޔަ މީހުންގެ އިތުރުން ވަޒީފާދިން ފަރާތަށް ފިލައިގެން އުޅެމުންދިޔަ މީހުން ހިމެނޭ ކަމަށެވެ. އެހެންކަމުން ސައްހަ ވިސާނެތް މީހުނާއި ވަޒީފާދިން ފަރާތަށް ފިލައިގެން އުޅެމުންދިޔަ 32 މީހަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދެވިފައިވާ ކަމަށް އިމިގްރޭޝަނުން ހާމަކުރެއެވެ.


