ރޯދަމަހު ދުވާލުގަޑީގައި ސިނގިރޭޓު ރޯކުރަން އުޅެނިކޮށް ހައްޔަރުކުރުމުން ޕޮލިސް ސްޓޭޝަނަށް ގެއްލުންދީފިއެވެ.
މި ހާދިސާ ހިނގާފައި ވަނީި މިދިޔަ ބުރާސްފަތި ދުވަހުއެވެ.
ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައިވާގޮތުން މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އެކި ކުށުގެ ތުހުމަތުގައި 25 ފަހަރު ބަންދަށް ބަދަލުކޮށްފައިވާ 46 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އެގޮތުން މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު 11:40 ހާއިރު މަގުމަތީގައި ހުރެ އޭނާ ސިނގިރޭޓު ރޯކުރަން މަސައްކަތް މަސައްކަތް ކުރަނިކޮށް ފުލުހުން އޭނާ ހުއްޓުވުމަށްފަހު ސިނގިރޭޓު ރޯކޮށްފާނެ ކަމަށް ޝައްކުކުރެވޭތީ ވަނީ މާފަންނު ޕޮލިސް ސްޓޭޝަނަށް ގެންގޮސްފައެވެ.
އަދި ޕޮލިސް ސްޓޭޝަނަށް އޭނާ ގެންދިއުމުން އެތަނުގެ ހޯލްޑިން ރޫމުގެ ގޮނޑީގެ އިސްކުރު ނައްޓާ ގޮނޑީގެ އަތްގަނޑު ނައްޓާ އެ ރޫމްގެ ބޭރު ދޮރުގެ ތަޅުގައި ޖަހާ ގެއްލުންދީފައި ވެއެވެ.
އެހެންކަމުން ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސްޖަހާފައެވެ.



