އެކްލެއާސް އަކީ ޕޭސްޓްރީގެ ތެރެއިން ގިނަ ބަޔަކަށް ވަރަށް ކަމުދާ ފޮނި ކާއެއްޗެކެވެ.
މިފަހަރު މި ކިޔައިދެނީ އެފަދައިން ތައްޔާރު ކޮށްލެވޭ، ޗޮކްލެޓް އެކްލެއާސް ކޭކު ތައްޔާރު ކުރާނެ ގޮތެވެ.
ބޭނުންވާނެ ތަކެތި:
▪︎ 5 ޖޯޑު ކިރު (ފުލް ކްރީމް)
▪︎ 1 1/4 ޖޯޑު ހަކުރު
▪︎ 1 ސައިސަމުސާ ލޮނު
▪︎ 1 ސައިސަމުސާ ކޯންސަޓާޗް
▪︎ 4 ސައިސަމުސާ އަންސޯލްޓެޑް ބަޓަރ
▪︎ 1 1/4 ސައިސަމުސާ ޖެލަޓިން
▪︎ 2 3/4 ޖޯޑު ހެވީ ކްރީމް
▪︎ 5 ސައިސަމުސާ ވެނީލާ އެސެންސް
▪︎ 2 ސައިސަމުސާ ފެން
▪︎ 1 ޖޯޑު ޗޮކޮލެޓް ޗިޕްސް
▪︎ 14ގ. ބިސްކޯދު
▪︎ 5 ސައިސަމުސާ ކޯން ސިރަޕް
ތައްޔާރުކުރާނެ ގޮތް:
° އެންމެ ފުރަތަމަ ތެއްޔަކަށް ހަކުރާއި ކޯން ސްޓާޗާއި ލޮނުކޮޅު އަޅާ ރަނގަޅަށް އެއްކޮށްލާށެވެ. އަދި އޭގެ ތެރެއަށް ކިރު އަޅާ ދޭފަތަކުން ހަލުވަމުން ގަދަ ގިނީގައި ކައްކާލާށެވެ.
° އެއަށްފަހު ގިނި މަޑުކޮށްލާފައި އޮލަވަންދެން ކައްކާލާށެވެ. ރަނގަޅަށް ކެކި މަތީގައި ބޮކިޖަހަންދެން 4 ނުވަތަ 6 މިނެޓް ވަންދެން ކައްކާލަން ވާނެއެވެ.
° ދެން ވެނީލާ އެސެންސާއި ބަޓަރު ތައްޓަކަށް އަޅާ 2 ގަޑިއިރު ވަންދެން ފްރިޖެއްގައި ބަހައްޓާށެވެ.
° އެހެން ތައްޓަކަށް ފެން އެޅުމަށްފަހު އޭގެ ތެރެއަށް ޖެލަޓިން އަޅާ ފަސް މިނެޓު ވަންދެން ބަހައްޓާށެވެ. އަދި 15 ނުވަތަ 30 ވަރަކަށް މިނެޓު ވަންދެން ޖެލަޓިންތައް އަވަނަށްލާ ރަނގަޅަށް ގިރެންދެން ބަހައްޓާށެވެ.
° ދެން ތައްޓަކަށް ވިޕިން ކްރީމް އަޅާ ރަނގަޅަށް ފޯމް ވަންދެން 1 މިނެޓް ނުވަތަ 3 މިނެޓަށް ގިރާލާށެވެ. އެއަށް ފަހު ވިޕް ކުރި ކްރީމްގެ ތެރެއަށް ޖެލެޓިން އަޅާ 1 މިނެޓް ވަންދެން ގިރާލާށެވެ.
° އެއަށްފަހު ބިސްކޯދުތައް ރަނގަޅަށް ފުނޑުވާލުމަށް ފަހު ވިޕް ކުރި ކްރީމްގެ ތެރެއިން 1/3 އެއާ އެއްކޮށްލާށެވެ. އެއަށް ފަހު 9 އިންޗިއަށް ވާ ވަރަށް ޓްރޭއެއްގައި އަތުރާލާށެވެ. އަދި އޭގެ މައްޗަށް ވިޕް ކުރި ކްރީމްގެ 1/2 އަޅާށެވެ. މިގޮތަށް 2 ލޭޔާ އެޅިދާނެއެވެ.
° ޗޮކްލެޓް ޗިޕްސައާއި ކޯން ސްޓާޗާއި 3/4 ޖޯޑުގެ ކްރީމް އަޅާ އެއްކޮށްލައި އަވަނަށް ލުމަށް ފަހު ދިޔާ ކޮށްލާށެވެ. އަދި 10 މިނެޓަށް އަވަނުގައި ބެހެއްޓުމަށް ފަހު ނަގާށެވެ.
° ކުރިން ތައްޔާރު ކުރި 2 ލޭޔާގެ މައްޗަށް ބިސްކޯދުގެ އިތުރު ލޭޔާއެއް އެޅުމަށް ފަހު މައްޗަށް ޗޮކްލެޓް ލޭޔާ އަކަށް ވާނެހެން އަޅާލާށެވެ. އެއަށްފަހު މަދުވެގެން ހަ ގަޑިއިރު ފްރިޖަށް ފިނިކުރަންލާށެވެ.



