ލ.ގަމު ގޭބިސީތަކުން ކުނި ނެގުމުގެ ޚިދުމަތަށް ރަޖިސްޓްރީވާން (ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން) ވެމްކޯއިން ހުޅުވާލައިފިއެވެ.
ވެމްކޯއިން މިއަދު ކުރި ޕޯސްޓެއްގައި ބުނީ ލ.ގަމު ގޭބިސީތަކުން ކުނި ނެގުމުގެ ޚިދުމަތަށް ރަޖިސްޓްރީވުމަށް މިއަދުން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ. އެ ޕޯސްޓުގައި ވެމްކޯއިން ވަނީ އެ ޚިދުމަތަށް އެދޭ ފޯމު ހިއްސާކޮށްފައެވެ.
އެގޮތުން ޚިދުމަތަށް ރަޖިސްޓްރީވުމަށް ވެމްކޯ އޮންލައިން އިން ރީޖަނަލް ކެޓަގަރީ B02ނެގުމަށްފަހު ފޯމު ފުރުމަށް ވަނީ އެދިފައެވެ.
މީގެ އިތުރުން ވެމްކޯ އިން ބުނީ 5 އޭޕްރީލް އިން ފެށިގެން އެ ރަށުގައި ވެމްކޯގެ ޚިދުމަތްދޭނީ ހަމައެކަނި ރަޖިސްޓްރީ ވެފައިވާ ގޭބިސީތަކަށް ކަމަށެވެ.




