ރޯދަމަހުގެ އާދަތަކާ ގުޅޭގޮތުން މި އަންނަ ބުރާސްފަތި ދުވަހުގެރޭ އޮންލައިން ސެޝަނެއް ބޭއްވުމަށް ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.
އެ މިނިސްޓްރީން ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރަމަޟާން މަހާ ގުޅިގެން ދިރިއުޅުމުގެ އާދަތަކަށް އަންނަ ބަދަލުތަކާ ބެހޭގޮތުން މައުލޫމާތު ދިނުމަށް އޮންލައިން ސެޝަނެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.
އެ ވުޒާރާއިން ބުނީ މި ސެޝަން ބޭއްވުމަށް ހަމަޖެހިފައި ވަނީ 13 މާރޗް 2025 ވާ ބުރާސްފަތި ދުވަހުގެ ރޭ 21:30 އިން 22:30 އަށް ކަމަށެވެ.

މި ސެޝަނުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކަށް ދެ ގޮތަކުން ރަޖިސްޓަރ ކުރެވޭނެކަން ހާމަކޮށް އެ ވުޒާރާއިން ބުނީ ޕޯސްޓަރުގައިވާ ކިއުއާރު ކޯޑު ސްކޭން ކުރުމުން ނުވަތަ 7925704 ނަންބަރަށް ނަމާއި އުމުރު ފޮނުވައިގެން އެ ސެޝަނުގައި ބައިވެރި ވެވޭނެ ކަމަށެވެ.



