ޖަމާއަތްތެރިންނަށް ދެމުން އައި ގަބުރުސްތާނު އެލަވަންސް އުވާލައިފިއެވެ.
ސިވިލް ސާވީސް ކޮމިޝަން (ސީއެސްސީ) އިން ވަނީ ޖަމާއަތްތެރިންނަށް ދެމުން އައި ”ޖަމާއަތްތެރިންނާއި ގަބުރުސްތާނު އެލަވަންސް“ އިއްޔެ އުވާލާފައިވާކަން އެ ކޮމިޝަނުގެ ވެބްސައިޓުގައި އިއުލާނުކޮށްފައެވެ.
މީގެ އިތުރުން ސީއެސްސީން ވަނީ އަތޮޅުތަކާއި ރަށު ކައުންސިލުގެ އިދާރާތަކުގެ ސެކްރެޓަރީ ޖެނެރަލުންނާއި، ވަގުތީ ސެކްރެޓަރީ ޖެނެރަލުންނަށް މިކަންހާމަކޮށް ސިޓީ ފޮނުވާފައެވެ.
ސީއެސްސީން ފޮނުވި ސިޓީގައި ބުނީ 2025 މާރިޗު 9 ވަނަ ދުވަހުން ފެށިގެން ޖަމާއަތްތެރިންނާއި ގަބުރުސްތާނު އެލަވަންސް އުވާލާފައިވާ ކަމަށެވެ.
އެހެންކަމުން މަރުވާ މީހުން ވަޅުލުމުގެ މަސައްކަތްކުރާ މީހުންނަށް ޖަމާއަތްތެރިންނާއި ގަބުރުސްތާނު އެލަވަންސް ދިނުމުގައި މާލިއްޔަތު ގަވައިދަށް ފުށޫ ނާރާގޮތައް، ކައުންސިލްގެ ފުދުންތެރިކަމަށް ރިއާޔަތްކޮށް ކައުންސިލުން ކަނޑައަޅާގޮތެއްގެ މަތިން އަމަލު ކުރުމަށް އެ ކޮމިޝަނުން ވަނީ އެދިފައެވެ.



