ކުންފުނިތަކުގެ ރެޖިސްޓްރާކަމުގެ މަގާމަށް މަރިޔަމް ޝައްމަ މިއަދު އައްޔަނު ކޮށްފިއެވެ.
ކޮންސިއުމާ އޮމްބަޑްސްމަންގެ މަގާމު ކުރިން ފުރުއްވާފައިވާ ޝައްމައަކީ ޤާނޫނީ ދާއިރާއިން ކިޔަވާ ވިދާޅުވެފައިވާ ބޭކަނބަލެކެވެ.
ރަޖިސްޓްރާ އޮފް ކޮމްޕެނީސްގެ މަގާމަށް ޝައްމަ ހަމަޖެއްސީ ކުރިން 11 އަހަރު ވަންދެން އެ މަގާމު ފުރުއްވި މަރިޔަމް ވިސާމް މި މަހުގެ 1 ގައި އިސްތިއުފާ ދެއްވުމުންނެވެ.
ވިސާމް އެ މަގާމުން އިސްތިއުފާ ދެއްވީ ޕްރައިވެޓް ސެކްޓަރުގައި މަސައްކަތް ކުރެއްވުމަށެވެ.




