މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ބޯޑުގައި ފިނޭންސް މިނިސްޓްރީ ތަމްސީލު ކުރައްވަމުން ގެންދެވި އަޙްމަދު ޒަޔާން މުޙައްމަދު، އޭނާގެ މަޤާމުން އިސްތިއުފާ ދެއްވުމަށް ނިންމަވައި، މިއަދު ނޯޓިސް ދެއްވައިފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ފިނޭންސް މިނިސްޓްރީގެ ފިސްކަލް އެފެއާޒް ޑިޕާޓްމަންޓްގެ އިސް މަޤާމެއް ފުރުއްވަމުން ގެންދެވި ޒަޔާން، ވަނީ މެއި 15 ގެ ނިޔަލަށް އިސްތިއުފާ ދިނުމަށް ނިންމައި، ނޯޓިސް ދެއްވާފައެވެ.
ޒަޔާން މަޤާމުން ވަކިވުމަށް ނިންމެވި ސަބަބު މި ވަގުތު ސާފުވެފައި ނުވާއިރު، މި ނިންމެވުން އައިސްފައި ވަނީ ސަރުކާރުން އެމްއެމްއޭ މެދުވެރިކޮށް 15 ބިލިއަން ރުފިޔާ ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމުގެ ޚަބަރުތަކެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.


