ގައުމީ ސަލާމަތާއި ގުޅުން ހުރި ޚާއްސަ އޮޕަރޭޝަނެއް މާލެ ސަރަހައްދުގައި ހިންގަން ނިންމާފައިވާ ކަމަށް ފުލުހުން ދެންމެ ބުނެފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ނެރުނު ބަޔާނެއްގައި ބުނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބިފައިވާ މަޢުލޫމާތަކާއި ގުޅިގެން މިރޭ ދިވެހި ފުލުހުންގެ ޚިދުމަތާއި ރާއްޖޭގެ ޤައުމީ ދިފާޢީ ބާރު ގުޅިގެން ޤައުމީ ސަލާމަތާއި ގުޅުން ހުރި ޚާއްސަ އޮޕަރޭޝަނެއް މާލެ ސަރަހައްދުގައި ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން މި އޮޕަރޭޝަނާއި ގުޅޭ މަޢުލޫމާތު ލިބޭވަރަކުން ހިއްސާ ކުރަމުން ގެންދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.


