ސިފައިންނާއި ފުލުހުން ގުޅިގެން މިރޭ ހިންގި ޚާއްސަ އޮަޕަރޭޝަނުގެ ތެރެއިން ޖުމްހޫރީ މައިދާނުން ހައްޔަރުކުރި މީހާއާ ގުޅުންހުރި ގެއެއް ބަލާ ފާސްކުރަން ފަށައިފިއެވެ.
މިވަގުތު އެ ސަރަހައްދުގައި ހުރި ”ސައުވީސް“ގެ ނޫސްވެރިޔަކު މަޢުލޫމާތު ދީފައިވާ ގޮތުގައި މިހާރު ފުލުހުން ބަލާ ފާސްކުރަމުން އަންނަނީ ޝަބްނަމް ގޯޅީގައި ހުރި ގެއެކެވެ.
އެނގިފައިވާގޮތުގައި އެ ގެޔަކީ ޖުމްހޫރީ މައިދާނުން ހައްޔަރުކުރި މީހާއާ ގުޅުންހުރި ގެއެކެވެ.
ފުލުހުންގެ އިންޓެލިޖެންސަށް ލިބިފައިވާ މައުލޫމާތުތަކަކާ ގުޅިގެން މާލެ ސަރަހައްދުގައި މިރޭ ވަނީ ޤައުމީ ސަލާމަތާބެހޭ ޚާއްސަ އޮޕަރޭޝަނެއް ހިންގާފައެވެ. އެގޮތުން ދެ ގެއެއް ބަލާފާސްކުރުމުގައި ގިނަ އަދަދެއްގެ ފުލުހުންނާއި ސިފައިން މާސްކު އަޅައިގެން ހަރަކާތްތެރިވެފައި ވެއެވެ.



