ފުލުހުންގެ އިންޓެލިޖެންސަށް ލިބިފައިވާ މައުލޫމާތުތަކަކާ ގުޅިގެން މިހާރު މާލެ ސަރަހައްދުގައި ހިންގަމުންދާ ޤައުމީ ސަލާމަތާބެހޭ ޚާއްސަ އޮޕަރޭޝަނުގައި މިހާތަނަށް ތިން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ދާދި ދެންމެއަކު ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރެއިން ފެށިގެން ފުލުހުންނާއި ސިފައިން ގުޅިގެން ހިންގަމުންދާ ޤައުމީ ސަލާމަތާއި ގުޅުންހުރި ޚާއްސަ އޮޕަރޭޝަނުގައި ތިން މީހަކު ހައްޔަރުކޮށް، އެމީހުންނާ ގުޅުންހުރި ތަންތަން ބަލައިފާސްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މީގެއިތުރުން ފުލުހުން ވިދާޅުވީ މި އޮޕަރޭޝަނާ ގުޅޭ މައުލޫމާތު ހާމަ ކުރެވެން އޮތް މިންވަރަކުން އާންމުކުރަމުން ގެންދަވާނެ ކަމަށެވެ.
މި ޚާއްސަ އޮޕަރޭޝަންގެ ތެރެއިން ހެންވޭރު ރާޅުގަނޑު ސަރަހައްދުގައި ހުރި ބަނޫން ޝޮޕްއާ ޖެހިގެން ހުރި ގެއާއި ހ. ޕްރިމްރޯސް ބަލައިފާސްކޮށްފައިވާކަން އެނގިފައިވެއެވެ.
އެތަންތަން ބަަލައިފާސްކުރުމަށް ވަން ފުލުހުންނާއި ސިފައިން ތިބީ މޫނު ނިވާކޮށްގެން ކަމުގައި މައުލޫމާތު ލިބެއެވެ.



