މެދުރާއްޖެތެރެއާ އުތުރަށް މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ، މެޓު އޮފީހުން ލަފާކޮށްފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރައިން ލަފާކޮށްފައިވާ ގޮތުގައި މިއަދު މެންދުުރުފަހު މެދުރާއްޖެތެރެއާ އުތުރުގެ އެކި ހިސާބަށް ވިއްސާރަ ކުރާނެއެވެ. އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މީގެ އިތުރުން ދެކުނުގެ އެކި ހިސާބުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށްވެސް މެޓުން ވަނީ ލަފާކޮށްފައެވެ.
މެދުރާއްޖެތެރެއާ އުތުރުގެ އަތޮޅުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ދެކުނުގެ އަތޮޅުތަކަށް ހުޅަނގު އުތުރާއި އުތުރުން، ގަޑިއަކު 3 މޭލާއި 13 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހުން އެކަށީގެންވާކަމަށް ވެސް މެޓުން ބުނެފައި ވެއެވެ. ހަމައެހެންމެ ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވުން އެކަށީގެން ވާކަމަށް ވެސް މެޓުން ވަނީ ލަފާކޮށްފައެވެ. މެޓުން ބުނީ ދެކުނުގެ ކަނޑުތައް މަޑުވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ.
މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ މިއަދު 17:30 އާ ހަމައަށް ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާހަމައަށް ހުދު ސަމާލުވެސް ނެރެފައެވެ.



