އދ. މާމިގިލީ މަގުހެދުމުގެ މަޝްރޫައުގެ ދަށުން ޖަވާހިރު މަގުގައި ސްޓޯރމް ވޯޓަރ ޕަމްޕު ސްޓޭޝަންގެ މަސައްކަތް ކުރިއަށްދާ ކަމުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފިއެވެ.
އާރްޑީސީން އިއްޔެ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މާމިގިލީ މަގުހެދުމުގެ މަޝްރޫައުގެ ދަށުން ޖަވާހިރު މަގުގައި ސްޓޯރމް ވޯޓަރ ޕަމްޕު ސްޓޭޝަންގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
މީގެއިތުރުން އެރަށު ރަށްދެބައި މަގުގައި ދުވާރުގެ މަސައްކަތް ވެސް ކުރަމުންދާ ކަމުގައި އަަރްޑީސީން ބުންޏެވެ.
ރާއްޖޭގެ އެކި ރަށްރަށުގެ މަގުހެދުމުގެ މަޝްރޫއު އާރްޑީސީން ގެންދަނީ ހަލުވިކަމާއެކު ބާރު ސްޕީޑުގައި ކުރިއަށް ގެންދަމުންނެވެ.



