ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި “ވޮލެންޓިއަރުން“ގެ ގޮތުގައި މަސައްކަތްކުރާނެ ބަޔަކު ހޯދަން އިއުލާނު ކޮށްފިއެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ އިއުލާނުގައި ބުނީ، އެ މިނިސްޓްރީގެ ހުޅުމާލޭގައި ހުންނަ އުމަރު ޒާހިރު އޮފީސް އިމާރާތުގައި ވޮލެންޓިއާކޮށް އިދާރީ މަސައްކަތްތައް ކުރާނެ ބަޔަކު ހޯދަން ބޭނުންވާ ކަަމަށެވެ.
އެގޮތުން ވޮލެންޓިއާކޮށް މަސައްކަތް ކުރުމުގެ މުއްދަތު ނިމުމުން މަސައްކަތުގެ ތަޖުރިބާގެ ލިޔުމެއް ދޭނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައި ވެއެވެ.
ވޮލެންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ކުރިމަތިލުމުގެ ފުރުސަތު ވަނީ މި މަހުގެ 20 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައެވެ.
މީގެ އިތުރުން ހަޔާއެޑިޔުކޭޝަން މިނިސްޓްރީން ބުނީ މިކަމާއި ގުޅޭ އިތުރު މައުލޫމާތު 3026951 އާއި 3026914 އަށް ގުޅައިގެން ލިބޭނެ ކަމަށެވެ.



