އަލިފާނުގެ ހާދިސާ ހުއްޓުވަން މަސައްކަތްކުރި ދެ މުވައްޒަފުންނަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ޝުކުރުއަދާކޮށްފިއެވެ.
އެމްޕީއެލް އިން މިރޭ ބުނީ ޕޯޯޓް ރެސިޑަންސްގެ އެޕާޓްމަންޓެއްގައި ރޭގައި ހިނގި އަލިފާނުގެ ހާދިސާ ހުއްޓުވުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ ސީނަށް ފުރަތަމަ އިޖާބަދިން އެ ކުުންފުނީގެ ސެކިއުރިޓީ ޑިޕާޓްމަންޓްގެ ދެ މުވައްޒަފުން ކަމުގައިވާ މުޙައްމަދު އައިހަމްއާއި އަޙްމަދު އާތިފް ކަމަށެވެ.
އެ ކުންފުނިން ބުނީ އެ ދެ މުވައްޒަފުން ދެއްކި ހިތްވަރާއި، އަވަސް ހަރަކާތުގެ ސަބަބުން، އަލިފާންގަނޑު އިތުރަށް ފެތުރުނަނުދީ ކޮންޓުރޯލްވެ، އެ ހާދިސާގައި ބޮޑު ގެެއްލުމެއް ކުރިމަތިވުމުގެ ކުރިން އަލިފާން ނިއްވާލެވިފައިވާ ކަމަށެވެ.
އަލިފާނުގެ ހާދިސާގައި އައިހަމް އާއި އާތިފް ދެއްކި ހިތްވަރާއި ކުރި މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން އެމްޕީއެލްގެ މެނޭޖްމަންޓުން މިއަދު އެ ދެ މުވައްޒަފުންނާއި ބައްދަލުކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
އެގޮތުން އެ ދެ މުވައްޒަފުން ކުރި އަގުހުރި ޚިދުމަތަށް ކުންފުނީގެ މެނޭޖްމަންޓާއި މުވައްޒަފުންނާއި ޕޯޓް ރެސިޑަންސްގައި ދިރިއުޅެމުންދާ ހުރިހާ ފަރާތެއްގެ ނަމުގައި ޝުކުރު އަދާކޮށްފައިވާ ކަމަށް އެމްޕީއެލް އިން ހާމަކޮށްފައިވެއެވެ.
މީގެ އިތުރުން އަލިފާން ނިއްވާލުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވި ޕޯޓް ހިޔާ ކޮމެޓީގެ މެމްބަރ ނަވާޒް މުޙައްމަދު ސައީދާއި އެހެން ހުރިހާ މުވައްޒަފުން ކުރި މަސައްކަތުގެ އަގު ވަޒަންކޮށް، މެނޭޖްމަންޓާއި މުވައްޒަފުން އަދި ޕޯޓް ރެސިޑަންސްގައި ދިރިއުޅެމުންދާ ހުރިހާ ފަރާތެއްގެ ނަމުގައި އެ ކުންފުނިން ވަނީ ޝުކުރުއަދާކޮށްފައެވެ.
މީގެއިތުރުން އެމްޕީއެލުން ބުނީ އެ ކުންފުނީގެ ހުރިހާ މުވައްޒަފުންނަކީވެސް އެ ފަދަ ނަމޫނާ މުވައްޒަފުންނަށް ވުމަށް ކުންފުނިން ހިތްވަރުދޭ ކަމަށެވެ.




