މިއީ ވަރަށް ފަސޭހައިން ތައްޔާތު ކޮށްލެވޭނެ، އަދި އެހާމެ ޚަރަދުވެސް ކުޑަ ފޮނި ކާނާއެކެވެ.
ބޭނުންވާނެ ތަކެތި:
▪︎ 1 ދަޅު ގެރިކިރު
▪︎ 2 ދަޅު ނެސްލޭ ކްރީމް
▪︎ 3 މޭޒަމަތީ ސަމުސާ ކޮކޯ ޕައުޑަރ
▪︎ 1 ޗިޕްސްމޯ ބިސްކޯދު ބޮނޑި (ބޮޑު)
ތައްޔާރުކުރާނެ ގޮތް:
– ގެރިކިރާއި، ނެސްލޭ ކްރީމް އަދި ކޮކޯ ޕައުޑަރ ތައްޓެއްގައި ރަނގަޅަށް އެއްކޮށްލާށެވެ.
– ދެން ޗިޕްސްމޯ ބިސްކޯދުތައް ޓްރޭގައި ފަތުރާލުމަށްފަހު އޭގެ މައްޗަށް ތައްޔާރުކުރި ކޮކޯ ކްރީމްކޮޅު އަޅާލާށެވެ.
– މިގޮތަށް އަދި އެއް ލޭޔަރ ހެދުމަށްފަހު، 5-6 ގަޑިއިރަށް ފްރިޖަށްލާ ފިނިކޮށްލާށެވެ.
ޗިޕްސްމޯ ޗޮކްލެޓް ކްރީމް ޕުޑިންގް ތައްޔާރުވީއެވެ.




