މި ހިނގާ ރަމަޟާން މަހުގެ މާލެސިޓީގެ 23 މިސްކިތެއްގައި އިއުތިކާފަށް ތިބުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އެގޮތުން އެ މިނިސްޓްރީން މިއަދު ގެޒެޓުގައި އާންމުކުރި އިއުލާނެއްގައި ބުނެފައިވަނީ މާލޭގެ 15 މިސްކިތެއްގައި، ވިލިމާލޭގެ އެއް މިސްކިތުގައި އަދި ހުޅުމާލެ ފޭސް-1 ގެ 5 މިސްކިތުގެ އިތުރުން ހުޅުމާލެ ފޭސް-2 ގެ 2 މިސްކިތުގައި މި ރަމަޟާން މަހު އިއުތިކާފުގައި ތިބުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެ މިސްކިތްތަކަކީ:
° މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް (އިސްލާމީ މަރުކަޒު) – މާލެ
° މަސްޖިދުލްމަލިކި ސަލްމާން – މާލެ
° މަސްޖިދުއްސުލްޠާން މުޙައްމަދު ބިން ޢަބްދުﷲ (ވިޔަފާރިވެރިންގެ މިސްކިތް) – މަލޭ
° މަސްޖިދުލްފުރްޤާން – މާލެ
° މަސްޖިދުއްނޫރު – މާލެ
° މަސްޖިދުއްޝަހީދު ޢަލީ – މާލެ
° މަސްޖިދުއްސުލްޠާން ޙަސަން ޢިއްޒުއްދީން (ޠައިބާ މިސްކިތް) – މާލެ
° މަސްޖިދުއްސުލްޠާން މުޙައްމަދު ފަރީދުލް އައްވަލް (ދުނބުރި މިސްކިތް) – މާލެ
° މަސްޖިދު ޝަހީދު ޢަބްދުއްރަޙްމާން (ފަނޑިޔާރު މިސްކިތް) – މާލެ
° މަސްޖިދުއްސުލްޠާން މުޙައްމަދު ޝަމްސުއްދީން (ބަންޑާރަ މިސްކިތް) – މާލެ
° މަސްޖިދު ޞަލާޙުއްދީން – މާލެ
° މަސްޖިދު ޖަލާލުއްދީން – މާލެ
° މަސްޖިދު އިބްރާހީމް – މާލެ
° މަސްޖިދު އިސްކަންދަރު – މާލެ
° މަސްޖިދުއްޝައިޚް މުޙައްމަދު ޖަމީލް ދީދީ (ފައިފުހޭ މިސްކިތް)- މާލެ
° މަސްޖިދުލްބިއްރި – ވިލިމާލެ
° މަސްޖިދުއްޝައިޚް ޤާސިމް ބިން މުޙައްމަދު އާލްޘާނީ (ވައްގުއްބު މިސްކިތް) – ހުޅުމާލެ ފޭސް 1
° މަސްޖިދު ރަޝީދު – ހުޅުމާލެ ފޭސް 1
° މަސްޖިދު ޢަޒީޒާ މޫސާ – ހުޅުމާލެ ފޭސް 1
° މަސްޖިދުލްއަޞްދިޤާ – ހުޅުމާލެ ފޭސް 1
° މަސްޖިދު މުޙައްމަދު – ހުޅުމާލެ ފޭސް 1
° މަސްޖިދު ޙަސަން ޢާދަމް – ހުޅުމާލެ ފޭސް 2
° މަސްޖިދު އަމީލް ޖަލީލް – ހުޅުމާލެ ފޭސް 2




