މާލެއިން ޒުވާން އަންހެނަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
ފުލުހުން ދެންމެ ބުނީ މާލެއިން އަންހެނަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށެވެ.
ގެއްލިގެން ހޯދަމުން ދަނީ ޙައްވާ ޙަސަން، ހ. ބްލޫލޫން / މާލެ (31އ) އެވެ.
އާއިލާއާ ހަވާލާދީ ފުލުހުން ބުނީ ޙައްވާ ޙަސަން ގެއިން ދިޔަގޮތަށް ދިޔަފަހުން ޚަބަރެއް ނުވެ، ވީނުވީއެއް ނޭނގި ގެއްލިގެން ފުލުހުންނަށް މައްސަލަ ހުށަހަޅާފައި ވަނީ 2025 މާރިޗު 8 ވަނަ ދުވަހު ކަމަށެވެ.
އެގޮތުން މި މައްސަލަ ފުލުހުންނަށް ރިޕޯޓްކުރުމާއެކު އޭނާ ހޯދުމަށްޓަކައި ފުލުހުންގެ ކަމާގުޅުންހުރި އެންމެހައި ބަހާތަކަށް މައުލޫމާތު ހިއްސާކުރެވި، ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ނަމަވެސް ހައްވާ ހަސަން ހޯދުމަށް މިހަތާނަށް ކުރެވުނު މަސައްކަތުން އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިނުވާކަމަށް ފުލުުހުން ހާމަކުރެއެވެ.
އެހެންކަމުން ފުލުހުން ވަނީ ޙައްވާ ޙަސަންއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ލަސްނުކޮށް މާފަންނު ޕޮލިސް އިންވެސްޓިގޭޝަންގެ ޑިއުޓީ ނަންބަރު 9660183 އަށް ގުޅައި ހިއްސާކުރުމަށް އެދިފައެވެ.




