ފިހާރައެއްގެ ވަތްގަނޑުން ފައިސާވަގަށް ނެގި ބިދޭސީއަކު ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ލަންކާއަށް ނިސްބަތްވާ 24 އަހަރުގެ އަންހެނެެކެވެ.
އޭނާ ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ލިބިފައިވާ ކަމަށެވެ.
އެގޮތުން އޭނާގެ ވާހަކަތަކާއި ހުށަހަޅާފައިވާ ބަޔާންތަކާއި ސީސީޓީވީގެ ފްޓޭޖުތަކުން އޭނާ ފިހާރައިގެ ވަތްގަނޑުން ފައިސާ ނަގާފައިވާ ކަމަށް ބެލެވޭ ކަމަށް ކޯޓު އަމުރުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން ކޯޓު އަމުރުގައި ބުނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރަން ނިންމީ އޭނާއަކީ ސްރީލަންކާގެ ރައްޔިތަކަށްވުމުން އޭނާ ފިލުމުގެ އިހުތިމާލެއް އޮތް ކަމަށް ފެންނާތީއެވެ.




