ދައުލަތުގެ ރަސްމީ ލިޔެކިޔުންތަކުގައި ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ނަންތަކާއި އެ ރަށްތައް ނިސްބަތްވާ އަތޮޅުތަކުގެ ނަންތަކާއި އެ އަތޮޅުތަކަށް ދީފައިވާ އިދާރީ ކޯޑުތައް ދިވެހިބަހުންނާއި އިނގިރޭސިބަހުން ލިޔަންވީ ގޮތް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ކަނޑައަޅުއްވައިފިއެވެ.
މިކަން އެމަނިކުފާނު ކަނޑައެޅުއްވުމާއި ގުޅިގެން، ދައުލަތުގެ އިދާރާތަކުގެ ރަސްމީ ލިޔެކިޔުންތަކާއި، މަތުބާ (ޕަބްލިކޭޝަން) ތަކާއި، މައުލޫމާތު އެއްކޮށް ބެލެހެއްޓުމަށް ބޭނުންކުރަމުންދާ ސިސްޓަމްތަކާއި، ބަސްދާރު (ޑޭޓާބޭސް) ތަކާއި، ވެބްސައިޓްތަކާއި، މީސްމީޑިއާގެ ވަސީލަތްތަކުގައި، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ނަންތަކާއި އެ ރަށްތައް ނިސްބަތްވާ އަތޮޅުތަކުގެ ނަންތަކާއި އެ އަތޮޅުތަކަށް ދީފައިވާ އިދާރީ ކޯޑުތައް ދިވެހިބަހުންނާއި އިނގިރޭސިބަހުން ބޭނުންކުރަންވާނީ ޤަރާރު ނަންބަރު 2025/2 (ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން) ގައި ކަނޑައަޅައިފައިވާގޮތަށް ކަމުގައި ރައީސް އޮފީހުން މިއަދު ވަނީ ވިދާޅުވެފައެވެ.
އެގޮތުން ރައީސް އޮފީހުގެ ވެބްސައިޓުގައިވާ މި file:///C:/Users/User/Downloads/7109_c9e935ca-c_.pdf މި ކަމާގުޅޭ ދެންނެވުން މިހާރު ފެންނަން ހުންނާނެ ކަމުގައިވެސް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.


