މާވެޔޮމަގު ފިހާރައެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފްއިން ހަރަކާތްތެރިވަމުން އެބަދެއެވެ.
އެނގިފައިވާ ގޮތުގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އެމަގުގައި ހުންނަ ފާމަރސް މާކެޓް ކިޔައި ފިހާރައެއްގައެވެ. އެއީ އާންމުކޮށް ތަރުކާރީއާއި މޭވާފަދަ ތަކެތި ވިއްކާ ފިހާރައެކެވެ.
މި ހާދިސާއާ ގުޅޭގޮތުން އެމްއެންޑީއެފްގެ ރަސްމީ ބަހެއް އަދި ލިބިފައެއް ނުވެއެވެ. ނަމަވެސް އަލިފާން ނިއްވާލުމުގައި ސިފައިންނާއި ފުލުހުން އަދި ސްޓެލްކޯގެ އޮފިޝަލުން ދަނީ އެސަރަހައްދުގައި ހަރަކާތްތެރި ވަމުންނެވެ.




