އަނެއްކާވެސް މިގެނެސްދެނީ ކުކުޅުން ތައްޔާރުކޮށްލެވޭނެ ކާނާއެވެ.
ނަމަވެސް މިފަހަރު މި ގެނެސްދެނީ ސައިޑް ޑިޝްއަކަށްވުރެ ބޮޑަށް، ހެދިކާގެ ކެޓަގަރީއަށް ފެތޭނެ ކާނާއެވެ.
މިއީ ރޯދަމަހު ތައްޔާރުކޮށްލަން ވަރަށް ކަމުދާނެ ކާނާއެއްކަމަށް ޤަބޫލު ކުރެވެއެވެ.
ބޭނުންވާނެ ތަކެތި:
° 2 މޭޒުމަތީ ސަމުސާ ބަޓަރ
° 4 މޭޒުމަތީ ސަމުސާ ތެޔޮ
° 1 ފިޔާ ކުދިކޮށް ކޮށާލާފަ
° 3 ފިށް ލޮނުމެދު ކުދިކޮށް ކޮށާލާފަ
° 1 1/2 (ދޮޅު) ސައިސަމުސާ މުގުރި މިރުސް
° 1/2 ސައިސަމުސާ މުގުރި ދިރި
° 1 ޓޮމާޓޯ ކުދިކޮށް ކޮށާލާފަ
° 2 މޭޒުމަތީ ސަމުސާ ތާޒާ ކޮރިއަންޑަރ – ކުދިކޮށް ކޮށާލާފަ
° 2 1/2 ޖޯޑު ކަށިނެތް ކުކުޅު – ކުދިކޮށް ކޮށާލާފަ
° 1 ޖޯޑު ގާނާފަ ހުރި ޗީޒް
° ޓޯޓިލާ (ބަދަލުގައި ރޮށި ވެސް ބޭނުންކުރެވިދާނެ)
° ރަހަލާ ވަރަށް ލޮނު އަދި އަސޭމިރުސް
ތައްޔާރުކުރާނެ ގޮތް:
– ބަޓަރ އަދި ތެޔޮކޮޅު ހޫނުކޮށްލުމަށްފަހު ކުކުޅުކޮޅު ވެސް އަޅާފައި ދެބައި ކުޅަ އެއްބަޔަށް ރޯފިލުވާލުވާލާށެވެ.
– ދެން ފިޔާ، ލޮނުމެދު، މުގުރި ދިރި އަދި މުގުރި މިރުސް އޭގެ ތެރެއަށް އެޅުމަށްފަހު ފަސްވަރަކަށް މިނެޓް ވަންދެން ފިޔާކޮޅު ނާނދާވަރަށް ކައްކާލާށެވެ.
– އެއަށްފަހު ތާޒާ ކޮރިއަންޑަރ އަދި ޓޮމާޓޯ އަޅާށެވެ. އަާދި ލޮނާއި އަސޭމިރުސް ވެސް އަޅައި ރަހަ ހެޔޮވަރު ކޮށްލުމަށްފަހު އިތުރު 2 މިނެޓްވަރު ވަންދެން ކައްކާލާށެވެ.
– ދެން އުދުން ނިއްވާލުމަަށްފަހު، ތައްޔާރުކުރި ކުކުޅުކޮޅު ތެރެއަށް ޗީޒް އަޅައި ރަނގަޅަށް އެއްކޮށްލާށެވެ.
– ތައްޔާރުކުރި މަސްގަނޑު ޓޯޓިލާ ނުވަތަ ރޮށީގެ ތެރެއަށް އަޅައި އޮޅާލުމަށްފަހު ތެއްލާލާށެވެ.
ޗިކަން ޗިމިޗަންގާ ތައްޔާރުވީއެވެ.




