އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އައިޝަތު ފިފްޝީން އަލީ މިއަދު ވަކިކޮށްފިއެވެ.
ޕީސީބީން ދެންމެ ކުރި ޕޯސްޓެއްގައި ބުނީ އެސް. އެމް. އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑްގެ އެމްޑީގެ މަޤާމުގައި ހުންނެވި ޢާއިޝަތު ފިފްޝީން މިއަދު އެ މަޤާމުން ވަކިކޮށްފައިވާ ކަމަށެވެ.
ފިފްޝީން އެ މަޤާމަށް އައްޔަނުކޮށްފައި ވަނީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު އެވެ.
ބޭންކިން ދާއިރާގައި 20 އަހަރު މަސައްކަތް ކުރައްވާފައިވާ ފިފްޝީން ވަނީ ބީއެމްއެލްގެ ހެޑް އޮފް ކާޑްސް އާއި ހެޑް އޮފް ޗެނަލް މެނޭޖްމެންޓާއި ހެޑް އޮފް އެކުއަރިން އެންޑް ޑިޖިޓަލް ޕޭމަންޓްސްގެ މަގާމު އަދާކުރައްވާފައެވެ.
ފިފްޝީން ވަނީ އޮސްޓްރޭލިއާގެ އީޑިތު ކަވަން ޔުނިވާސިޓީން އެމްބީއޭ ހާސިލްކުރައްވާފައެވެ. އަދި އޮސްޓްރޭލިއާގެ ކާޓިން ޔުނިވާސިޓީން އޭނާ ވަނީ ޑިގްރީ ހާސިލް ކުރައްވާފައެވެ.


