ރާއްޖޭގެ ކުންފުންޏަކުން އުފެއްދި ސިނގިރޭޓު ނައްތާލުމުގެ ހުއްދަ ދީ، އެ ކުންފުނީގެ ވިޔަފާރި ކުރުމުގެ ރެޖިސްޓްރީ ބާތިލު ކޮށްފިއެވެ.
ހެންވޭރުގައި ހުންނަ ގެއެއް ކަމުގައިވާ ހުޅުގަލީގޭގައި ހިންގާ އަމިއްލަ އޮފީހެއްގައި، އަމިއްލައަށް ސިނގިރޭޓު އުފައްދާކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ވަނީ ޖެނުއަރީ 30 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން އެތަން ބަލައިފާސް ކޮށްފައެވެ.
އެގޮތުން އެތަނުން 49،000 ސިނގިރޭޓު ފޮށި ފެނިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
ސިނގިރޭޓު އުފެއްދުމުގެ މަސައްކަތް ކޮށްފައިވަނީ ރޭޑިއަސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކުން ކުއްޔަށް ހިފާފައި ހުރި ތަނެއްގައެވެ.
މިކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލު މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވިދާޅުވީ އެ މައްސަލައިގައި ރޭޑިއަސް ކުންފުނީގެ ވިޔަފާރި ހުއްދަ އިކޮނޮމިކް މިނިސްޓްރީން ބާތިލްކޮށްފައިވާ ކަމަށާއި އަތުލައިގަތް ސިނގިރޭޓުތައް ނައްތާލުމުގެ ހުއްދަ ހެލްތު މިނިސްޓްރީން ދީފައިވާ ކަމަށެވެ.
ރާއްޖޭގައި ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނު ބުނާގޮތުން ދަށުން ރާއްޖޭގައި ދުންފަތް އުފެއްދުމަކީ މަނާކަމެކެވެ. ނަމަވެސް، އޭގެ ބައެއް ބާވަތްތައް އެތެރެކުރެވެއެވެ. އެ ގާނޫނުގައި ”ދުންފަތުގެ ބާވަތްތައް“ ކަމަށް ބުނެފައި ވަނީ ދުންފަތާއި ދުންފަތުގެ ބަޓުބުރިއާއި ނިކޮޓިން އާއި އެ ތަކެތި ހިމަނައިގެން ތައްޔާރުކޮށްފައި ހުންނަ ތަކެއްޗަށެވެ.




