ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ހަތަކުން ފަަހަކަށް ކުޑަކުރަން ގާނޫނަށް ގެނައި އިސްލާހުގެ ބިލު އަނބުރާ މަޖިލީހަށް ފޮނުވާލި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.
މިއީ މިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 9 ވަނަ ޖަލްސާއިން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް، ތަޞްދީޤުކުރެއްވުމަށް ފޮނުއްވާފައިވާ ބިލެކެވެ.
ނަމަވެސް މި ބިލު ވަނީ މި މަހުގެ 11 ވަނަ ދުވަހު ތަސްދީޤު ނުކޮށް އަނބުރާ މަޖިލީހަށް ފޮނުވާލާފައެވެ.
އާންމުކޮށްފައިވާ މާދަމާގެ ޖަލްސާގެ އެޖެންޑާގައި އެ ބިލުގެ މަސައްކަތް ހިމަނާފައި ވަނީ މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަންކަމުގެ ތެރެއިންނެވެ.




