ރޭ 9:49 ހާއިރު ހުޅުމާލޭ ފޭސް 1 ގައި ހިނގި އެކްސިޑެންޓަކާ ގުޅިގެން ހިނގި މާރާމާރީއެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ހުޅުމާލޭ ފޭސް 1 ގައި ހިނގި އެކްސިޑެންޓަކާ ގުޅިގެން ދެ މީހެއްގެ ދެމެދުގައި މާރާމާރީއެއް ހިނގާފައިވާ މައްސަލައެއް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
މި މައްސަލަ އިތުރަށް ބަލަމުންދާ ކަމުގައި ވެސް ފުލުހުން ވިދާޅުވިއެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ދެއްވާފައެއް ނުވެއެވެ.
އެނގިފައިވާ ގޮތުގައި މި އެކްސިޑެންޓު ހިނގާފައިވަނީ ދެ ސައިކަލު ޖެހިގެންނެވެ. އަދި މިކަމާ ގުޅިގެން މާރާމާރީ ހިނގާފައިވަނީ ބިދޭސީ ފިރިހެނަކާއި ދިވެހި ފިރިހެނަކާ ދެމެދުގައެވެ.



