އަލިމަސް ކާނިވަލުގައި ޒަމާނީ ފެންވަރުގެ އައު ސްޓޭޖެއް ހަދަން، ހަތަރު މިލިއަން ރުފިޔާއަށް ބަޔަކާ ހަވާލުކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލުން ރޭގައި ބުނީ ޔޫއެޗް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑު ނަމަކަށް ކިޔާ ކުންފުންޏަކާ އެ މަސައްކަތް ހަވާލުކުރީ މިދިޔަ ހުކުރު ދުވަހު ކަމަށެވެ. އަދި އެ މަސައްކަތުގެ އަގަކީ ބުނިގޮތުގައި 4.8 މިލިއަން ރުފިޔާ ކަމުގައިވެސް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.
އަލިމަސް ކާމިވަލުގެ އައު ސްޓޭޖުގެ މަސައްކަތް ނިންމަން ދެ ފަރާތުން އެއްބަސްވެފައި ވަނީ މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށެވެ.
އެތަނުގައި ކުރިން ކުރި ސްޓޭޖު ތަޅާލައި، އައު ސްޓޭޖެއް ހަދައިދޭނެ ބަޔަކު ހޯދަން މާލެ ސިޓީ ކައުންސިލުން އިއުލާނު ކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 5 ގައެވެ. މަޖީދިއްޔާ ސްކޫލަށް 75 އަހަރު ފުރުމާ ގުޅިގެން 2004 ގައި ހަދާފައިވާ އަލިމަސް ކާނިވާ ސްޓޭޖުގެ ބަދަލުގައި އައު ސްޓޭޖެއް ހެދުމަށް ސިޓީ ކައުންސިލުން ފާސްކޮށްފައިވާ ކަމަށް އެ ކައުންސިލުން ބުނެފައިވެއެވެ.




