އއ. ތޮއްޑޫ އިހުރު ބާޒާރު ގޯޅި ނަންބަރު 7 ގައި މަސައްކަތް ކުރަމުންދާ ބިދޭސީއަކު އެގޯޅިން ވައްކަން ކުރި މައްސަލައެއްގައި ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ 26 އަހަރުގެ ސުމޯން މިއާ އެވެ.
ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 2025 މާރޗު 17 ވަނަ ދުވަހުގެ ރޭ 19:45 ހާއިރުއެވެ.
މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް މި ވަގުތު ހާމަކޮށްފައި ނުވާއިރު، ފުލުހުން ބުނެފައި މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.



