ވައިގެ މަގުން ސިއްރުން ރާއްޖެއަށް އެތެރެކުރަން އުޅުނު ދެހާހަށް ވުރެ ގިނަ ވޭޕް ކަސްޓަމްސް އިން އަތުލައިގެންފިއެވެ.
މޯލްޑިވްސް ކަސްޓަމްސް އިން ރޭ ބުނީ ވައިގެ މަގުން ސިއްރުން ރާއްޖެއަށް އެތެރެކުރަން އުޅުނު 2008 ވޭޕް އެ އިދާާރާއިން އަތުލައިގެންފައިވާ ކަމަށެވެ.
މި ތަކެތި އަތުލައިގަނެފައި ވަނީ މި މަހުގެ 12 ވަނަ ދުވަހު ރާއްޖެއަށް އެތެރެކޮށްފައިވާ އެއަރކާގޯ ޝިޕްމެންޓެއްގައި ވޭޕް ފޮރުވާފައި ހުރިކަމަށް ޝައްކުކުރެވިގެން އިތުރަށް ބަލާފާސްކުރުމުގެ ތެރޭގައި ކަމަށް ކަސްޓަމްސް އިން ބުނެފައި ވެއެވެ.
މި މައްސަލަ ތަހުގީގު ކުރަމުން އަންނައިރު، މެލޭޝިޔާއިން މިދިޔަ އަންގާރަ ދުވަހު ރާއްޖެ އައި 3 ފަސިންޖަރެެއްގެ ލަގެޖުގައި ފޮރުވާފައި ހުރި ވޭޕްކުރަން ބޭނުންކުރާ 2062 އައިޓަމް އަތުލައިގެންފައިވާ ކަމަށް ކަސްޓަމްސްއިން އިއްޔެ ވަނީ ބުނެފައެވެ.



