ދިވެހިރާއްޖޭގެ ހައިކޯޓުގެ ހިންގުން ވަގުތީ ގޮތުން ފަނޑިޔާރު މުޙައްމަދު ފައިސަލްއާ ހަވާލުކޮށްފިއެވެ.
އެ ކޯޓު ހިންގުން ފައިސަލާ ހަވާލުކޮށްފައިވަނީ ހައިކޯޓުގެ އިސްފަނޑިޔާރުގެ މަގާމުގައި ހުންނެވި ފަނޑިޔާރު ޙުސައިން ޝަހީދު ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވުމާއި ގުޅިގެންނެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ މިގޮތަށް ނިންމާފައި ވަނީ އިއްޔެ ބޭއްވި އެ ކޮމިޝަނުގެ މި އަހަރުގެ 12 ވަނަ ޖަލްސާ އިން ނިންމައިގެން ކަމަށެވެ.
އިއްޔެ ސްޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް އައްޔަނު ކުރެެއްވުމާއި ހަމައަށް ހައިކޯޓުގެ އިސްފަނޑިޔާރުކަމުގައި ހުންނެވި ހުސައިން ޝަހީދު ވަނީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުވެސް އަދާކުރައްވާފައެވެ.



