ހިނގަމުންމިދާ ބަރަކާތްތެރި ރަމަޟާން މަހުގެ ފަހު ދިހައިގެ ބަރަކާތް ލިބިގަތުމަށް ގަދައަޅައި މަސައްކަތް ކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު އިލްތިމާސް ކުރައްވައިފިއެވެ.
ރައީސް މިގޮތަށް އިލްތިމާސް ކުރައްވާފައި ވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި ރައީސް ވަނީ ބަރަކާތްތެރި ރަމަޟާން މަހުގެ ފަހު ދިހައިގެ ހެޔޮ ދުޢާއާއި ތަޙްނިޔާ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އަރިސްކުރައްވާފައެވެ.
”ބަރަކާތްތެރި ރަމަޟާން މަހުގެ ފަހު ދިހައިގެ ހެޔޮ ދުޢާ ތަހްނިޔާ އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރަން. މާތް ﷲ މި ބަރަކާތްތެރި ރޭ ތަކުގެ ހެޔޮ ދަރުމަޔާއި ޡަވާބު އަޅަމެން އެންމެނަށް ލައްވާށި“ ރައީސްގެ ޕޯސްޓުގައި އެދިވަޑައިގެންފައި ވެއެވެ.
ހަމައެހެންމެ މި މައްސަރުގައި ލައްވާފައިވާ ބަރަކާތްތެރި ލައިލަތުލް ޤަދުރިވިލޭރޭގެ މަތިވެރި ނިޢުމަތް އަޅަމެން އެންމެނަށް މިންވަރުކުރެއްވުން އެދިވެސް ރައީސްގެ ޕޯސްޓުގައި ވަނީ ދުޢާކުރައްވާފައެވެ.
ފަހުދިހައިގެ ބަަރަކާތް ލިބިގަތުމަށް ރައީސް އިލްތިމާސްކުރައްވާފައި ވާއިރު،ރޯދައިގެ އެންމެ މާތް ދުވަސްތައް ކަމުގައިވާ ފަހުދިހައިގެ ދުވަސްތަކުގައި އަޅުކަމަށް ޚާއްސަވުމަށް ފަސޭހަކޮށްދިނުމުގެ ގޮތުން މިއަދުން ފެށިގެން ސަރުކާރު ބަންދު ދުވަސްތަކުގެ ގޮތުގައި ވަނީ ހަމަަޖައްސާފައެވެ. ދެން ސަރުކާރު ހުޅުވާނީ ކުޑަ އީދު ބަންދަށްފަހު އަންނަ މަހުގެ ހައެއްގައެވެ.



