މިއީ ފޮނި ކާއެއްޗެއްގެ ގޮތުގައި ރޯދަ ވީއްލަން ތައްޔާރުކޮށްލަން، ހަމަ އެންމެ ކަމުދާނެ އެއްޗެއްކަން ޔަގީނެވެ.
ޚާއްސަކޮށް ޗޮކްލެޓު ކާހިތްވާ މީހުންނަށާއި ކުޑަކުދިންނަށް ”ޗޮކްލެޓް ބޯލްސް“ ވަރަށް ކަމުދާނެކަމަށް ބެލެވެއެވެ.
ބޭނުންވާނެ ތަކެތި:
° 200 ގްރާމް ރިޓްޒްބަރީ ޑާކް ކުކިންގް ޗޮކްލެޓް
° ¾ ޖޯޑު ގެރިކިރު
° މާރީ ބިސްކޯދު (44 ބިސްކޯދުވަރު ރަނގަޅުވާނެ)
° 1 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް
ތައްޔާރު ކުރާނެ ގޮތް:
. އެންމެ ފުރަތަމަ މާރީ ބިސްކޯދުތައް ތައްޓަކަށް ފުނޑުފުނޑު ކޮށްލާށެވެ. ފުނޑުވާނީ އެހާ ހިމުންވާނެ ވަރަކަށް ނޫނެވެ.
2. ދެން އެއަށްފަހު ފުނޑު ކުރި ބިސްކޯދުގެ ތެރެއަށް ގެރިކިރާއި ވެނީލާ އެސެންސް އެޅުމަށްފަހު އެއްކޮށްލާށެވެ.
3. ދެން އެއްކުރި ބިސްކޯދުކޮޅުތައް ބައިބަޔަށް ބަހާލުމަށްފަހު ކޮންމެ އެތިކޮޅެއް ބޯޅައެއް ގޮތަށް ދެއަތުން ވަށް ކޮށްލާށެވެ.
4. އޭގެފަހުން އެ ބޯޅަތައް ފްރިޖުގެ ގަނޑު ކުރާ ބަޔަށް ލާފައި ރަނގަޅަށް ސެޓްވަންދެން ބަހައްޓާށެވެ. ސެޓްވުމުން ހުންނާނީ ހަރުކޮށެވެ.
5. ދެން ޑާކް ޗޮކްލެޓު ކުދި އެތިކޮޅު ކޮޅަށް ހުންނާނެ ގޮތަށް ކޮށާލުމަށްފަހު ތެއްޔަކަށް އަޅައި، މަޑުގިނީގައި ކައްކާ، ދިޔާކޮށްލާށެވެ.
6. އެއަށްފަހު، ގަނޑު ކުރާ ބަޔަށްލީ ބޯޅަތައް ޗޮކްލެޓުގެ ތެރެއަށްލާ އޭގައި ރަނގަޅަށް ޗޮކްލެޓް އުނގުޅާށެވެ. ހުރިހާ ބޯޅަތަކެއް އެއްފަހަރާ އަޅާލައިފިނަމަ އެކަން ކުރަން އެހާ ފަސޭހަ ނުވެދާނެއެވެ. އެހެންވެ ޗޮކްލެޓުގެ ތެރެއަށް ވައްޓާލާނީ ފަހަރަކު ދެބޯޅަ ނުވަތަ ތިން ބޯޅަ ވަރެވެ.
7. ޗޮކްލެޓުކޮޅު އެއްކޮށް ހޭކުމުން، އަނެއްކާވެސް ބޯޅަތައް ގަނޑުކުރާ ބަޔަށްލާށެވެ. ގާތްގަނޑަކަށް 1 ގަޑިއިރުވަރު ފަހުން ހުންނާނީ އެއްކޮށް ސެޓްވެ، ޗޮކްލެޓް ބޯލްސް ތައްޔާރުވެފައެވެ.




